ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތި، ހޮޓެލް ޖެންއާ ދިމާލު ޕާކިންޒޯންގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ މީހެއް ކަމަށާއި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 30 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އެތަނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލުމުން ހަތް ސައިކަލާއި ވޭނެއްގައި އަލިފާން ރޯވިއެވެ. އޭގެ ތެރެއިން ތިން ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެއެވެ.
ސައިކަލުތަކެއްގައި ރޯކޮށްލި ސަރަހައްދަކީ ގްރީން ޒޯން ސަރަހައްދެވެ. މިއީ ފުލުހުންނާއި ސިފައިން އަބަދުވެސް ސެކިއުރިޓި ބަލަހައްޓަމުންދާ ސަރަހައްދެކެވެ.
އެ ސަރަހައްދަކީ ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ގިނަ އޮފީސްތައް ހިމެނޭ ވެލާނާގެއާއި ސައުދީ އަރަބިއްޔާގެ އެމްބަސީ ވެސް ހުންނަ ސަރަހައްދެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ