ނަވާރަވަނަ ރައްޔިތުން މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުން، އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވާ އެބޭފުޅުންނަށް ރުހުން ހޯދަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރާ 20ވަނަ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފިއެވެ.
މިރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ތިން ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފައިވަނީ ކޮމެޓީ އަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅު އެއް މެންބަރަކު ދެކޮޅަށް ވޯޓު ދެއްވިއެވެ.
ރުހުން ނުލިބުނު ވަޒީރުން:
- ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި
މަޖިލީހުން ރުހުން ނުދެއްވި ނަމަވެސް ރައީސް މުއިއްޒު ވަނީ ހަމަ އެ މަގާމުތަކަށް އަލުން އެ ބޭފުޅުން އައްޔަން ކުރައްވާފައެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި