ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ އއ. ތޮއްޑޫގެ ދަނޑު ބިމުގެ މައްސަލާގައި އެރަށު ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލް އިދާރާ ދޮށަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދުގެ 13:00 ހާއިރު އއ. ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ ބައެއް މީހުން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކާފައިވާ ކަމަށާއި މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުންދާ ދާތީ އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތްތެރިވެފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް ފަރުވާ އަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ތޮއްޑޫ ކައުންސިލު އިދާރާ ކައިރިއަށް އެއްވި މީހުން މިހާރުވަނީ އެ ސަރަހައްދުން ގޮސްފައި. އެމީހުން މުޒާހަރާކޮށްފައިވަނީ ދަނޑުވެރިކަމަށް ބިންދޫކުރުމުގައި ކައުންސިލުން އަމަލުކުރިގޮތާމެދު ހިތްހަމަނުޖެހިގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ" ފުލުހުން ބުންޏެވެ.
މުޒާހަރާކުރި މީހުންގެ ތެރެއިން ބައެއް މީހުން ކައުންސިލު އިދާރާއަށް ގައު އުކުމުގެ ސަބަބުން އެ އިދާރާގެ ބިއްލޫރިތައް ތެޅި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ