މިދިޔަ މަހުގެ 28ވަނަ ދުވަހު ހުވާކުރި 20ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރެއްގެ ނަން އިއުލާން ކުރައްވަވާފައެވެ.
އެ ފަސް މެންބަރުންނަކީ:
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
- މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
- މަހިބަދޫ ދާއިރާއިގެ މެންބަރު އަހުމަދު ތޯރިގް
މި ފަސް މެންބަރުން ކަނޑައަޅާފައި ވަނީ މަޖިލީހުގައި މިހާރު ތިއްބެވި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ގޮތުގައެވެ. އެގޮތުން މި ބޭފުޅުންނަކީ 17ވަނަ ރައްޔިތުން މަޖިލީހުން ފެށިގެން މެދުނުކެނޑި ވޭތުވެދިޔަ 15 އަހަރު ދުވަހު ވެސް މަޖިލީހުގައި ތިއްބެވި ފަސް މެންބަރުންނެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި