މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބު ކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޭނާ ޝުކުރު އަދާކުރައްވައިފިއެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ގާސިމް އިންތިހާބު ކުރީ މިއަދު މެންދުރުފަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ކޮމެޓީގެ ނައިބު މުގައްރިރަކަށް އިންތިހާބު ކުރެއްވީ އޭދަފުށީ ދާއިރަގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. ބާރަ މެމްބަރުން އެކުލެވޭ ކޮމެޓީގައި ސަލީމް އިންތިހާބު ކުރީ ވެސް ކޮމެޓީގެ އިއްތިފާގުންނެވެ.
ކޮމެޓީގެ މުގައްރިރު ކަމަށް ވަޑައިގަތުމަށްފަހު، ގާސިމް ވިދާޅުވީ އެ މަގާމަށް އޭނާ އިންތިހާބުކޮށްދެއްވީތީ، ރައީސް މުއިއްޒަށާއި ޕީއެންސީގެ ލީޑާޝިޕަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މާލިއްޔަތު ކޮމެޓީގެ ޒިންމާތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ކުރާ އެކިއެކި ހަރަދަކީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން އަދި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ހަރަދުތަކެއްތޯ ބެލުން ހިމެނެއެވެ. އަދި މަޖިލީހުން ފާސްކުރާ ފައިސާގެ އަދަދުތައް ހޭދަކުރެވިގެން ނުވަތަ ހަރަދުކުރެވިގެންދަނީ އެ ކަންކަމަށްތޯ ބެލުމާއި ދައުލަތުގެ އިދާރާތަކުގެ މާލީ ހިސާބުތައް ދިރާސާކުރުމަކީ ވެސް އެ ކޮމެޓީގެ ޒިންމާއެކެވެ.
މީގެ އިތުރުން ދައުލަތުން ނަގާ ލޯނުތަކުގެ ތަފްސީލުތައް ވެސް ސަރުކާރުން ހިއްސާ ކުރަނީ މާލިއްޔަތު ކޮމެޓީއަށެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި