ޗައިނާ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލިޒިން، 20ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައްޔިތުން މަޖިލިސް އިދާރާގައެވެ. އެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމާއި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނަމަވެސް އެ ބައްދަލުކުރެއްވުމުގައި ދެކެވުނު ވާހަކަތަކުގެ އެއްވެސް ތަފްސީލެއް މަޖިލިސް އިދާރާ އިން ހާމަ ކޮށްފައެއް ނުވެއެވެ.
ޗައިނާ ސަފީރުގެ އިތުރުން މިއަދު މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ދަ ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާ ވެސް ބައްދަލުކުރައްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ