މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި ދައުވާލިބޭ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ވެސް ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އަނެއްކާވެސް އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.
އައިޓަމްސް ފިހާރަ ކައިރީގައި 2017 ވަނަ އަހަރު ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލާގައި އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ދައުވާކުރާ މައްސަލަ ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ކުރިން ނިންމީ އޭނާ ބަންދު ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ކުރިން ހުށަހެޅުމުން އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އޭރު އަމުރުކުރި އެވެ.
ސައްމާހުގެ ބަންދާ މެދު ދެވަނަ ފަހަރަށް ގޮތެއް ނިންމުމަށްފަހު ވެސް ހައި ކޯޓުން މިދިޔަ ހަފުތާގައި އަނެއްކާވެސް ނިންމީ ސައްމާހު ބަންދު ނުކުރެވޭނެ ކަމަށެވެ.
އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މިއަދު ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މޫސަގެ މަރުގެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވީ އެންމެ މީހެއްގެ މައްޗަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް