އދ. ދަނގެތީ ކައިރީގައި ފާނަ މަސްވެރިކަމަށް ގޮސް އުޅުނު ބިދޭސީއެއްގެ ގައިމަތިން ލޯންޗެއް ދިޔަ ހާދިސާއާ ގުޅިގެން ހައްޔަރުކުރި ލޯންޗު ކެޕްޓަންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ އިއްޔެ ހެނދުނު 7:55 ހާއިރު ކަމަށެވެ. ލޯންޗުން ޖެހި ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުވަމުންދާ އެ ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުން ލޯންޗުން ޖެހި ޒަހަމްވި މީހާގެ ލެއިން މޫދު އޮތީ ރަތްވެފައެވެ. ލޯންޗުން ޖެހި އެ މީހާ އޮތީ ދެބުރިވެފައި ކަމަށް މަންޒަރު ދުއް ބައެއް މީހުން ބުނެފައިވެއެވެ. ނަމަވެސް ވީޑިއޯއިން ފެންނަނީ ޒަހަމްވެފައި އޮތް މީހަކަށް މޫދުގައި އޮތް އިތުރު މީހަކު އެހީތެރިވާ މަންޒަރެވެ.
ވީޑިއޯއިން ފެންނަ ގޮތުން މާކްސް އަޅައިގެން، އޮތް އެ މީހާގެ މޭމަތިން ގިނަ އަދަދަށް މޫދަށް ލޭ ފޭދިފައި ހުއްޓެވެ. ފާނަ މަސްވެރިކަމަށް އެ ބިދޭސީން ދިޔައީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގައި ދިވެއްސަކާ އެކުގައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް