އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަނިޔާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަނެއްކާވެސް ގުނޫތު ކިޔުމަށް އަންގައިފިއެވެ.
ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގަ އެވެ. އެއީ އެ މަހުގެ 7 ގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަން ފެށި ލާއިންސާނީ ގަތުމުއާންމާ ގުޅިގެންނެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ ހަތަރެއްގައި އިސްލާމިކް މިނިސްޓްރީން ވަނީ އެދުވަހުގެ މަގްރިބް ނަމާދަށްފަހު ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާއި ގުޅިގެން، މިއަދުން ފެށިގެން މަގްރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫނު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ.
"މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހުލާސްތެރިކަމާއެކު ދުާއކުރަންވީ ވަގުތު،" ޝަހީމް ވިދާޅުވިއެވެ.
އިސްރާއީލުން އަންނަނީ ފަލަސްތީނުގެ ރަފަހްއަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް