މިއަދު ހުވާ ކުރެވިގެން ދިޔަ 20ވަނަ ރައްޔިތުންގެ މަޖިލީހަކީ އެންމެ ޒިންމާދާރު އަދި އިތުބާރުހުރި މަޖިލީހަށް ހައްދަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ވިހިވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވީ މިއަދު 9:00 ގައި މަޖިލީހުގެ ތަޅުމުގައެވެ. މެމްބަރުންނަށް ހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މަޖިލިސް މެމްބަރުންގެ ހުވާ ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮއްވަވާ ޖަލްސާ އޮތީ މިއަދު ހެނދުނު 10:15ގައެވެ. ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.
ވިހިވަނަ މަޖިލީހުގެ މެންބަރުންނަށް މަރުހަބާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އަދި އެންމެ އިތުބާރުހުރި، ގައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވެގެން ދިއުން ކަމަށެވެ.
މަޖިލިސް އިންތިހާބު ކުރިޔަށް ގޮސްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން އެކަނި 66 ގޮނޑި ކާމިޔާބު ކުރިއެވެ. އަދި މަޖިލިސް އިންތިހާބަށް ފަހު އިތުރު 10 މެންބަރަކު ޕީއެންސީ އަށް ސޮއިކުރިއެވެ. އެއާއެކު މަޖިލީހުގައި ހަމައެކަނި ޕީއެންސީގެ މެންބަރުންގެ ގޮތުގައި 76 މެންބަރުން ތިއްބަވާނެއެވެ. މީގެއިތުރުން ޕީއެންސީއާއެކު މަޖިލިސް ތެރެއިން ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އިތުރުން އެމްއެންޕީން ވެސް މަސައްކަތް ކުރާނެއެވެ. އެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ލިބިފައި ވަނީ 12 ގޮނޑިއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން
އުމީދަކީ 20 ރަތްޔަތުންގެ މަޖިލީ ހަކީ ރަތްޔަތުންނައް ހަރާންކޯރު މަޖިލީ ހަކައް ހެދުން
ެއެކޮއި