މިދިޔަ އަހަރު އުފެއްދި ދަ ޑިމޮކްރެޓްސް އާއި އަދި މިހާރުގެ އިދިކޮޅު ޕާޓީ އެމްޑީޕީން ހަރުގެ ހިންގި ތަން ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އަށް ކުއްޔަަށް ދީފިއެވެ.
އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ހަރުގޭގެ ގޮތުގައި ބޭނުން ކުރަމުން ދިޔައީ އާޓްފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށް ހުންނަ ތަނެވެ. އެމްޑީޕީގެ އަތުން އޭރު އެތަން އަތުލީ އެޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުމާއި ގުޅިގެންނެވެ.
އެތަނަކީ ޝަފިއްޔާ ޒުބައިރު ނަމަކަށް ކިޔާ މީހެއްގެ ތަނެކެވެ. އޭރު ޝަފިއްޔާ އަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ނަމަވެސް ޕާޓީ ތެރޭގައި ފެކްޝަން އުފެދުމުން އޭނާ ތާއީދުކުރީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.
އޭނާ އޭރު ބުނީ އެތަން އޭނާ ކުއްޔަށް ދިނީ ވިޔަފާރިވެރިއަކަށް ކަމަށެވެ. އެ ވިޔަފާރިވެެރިޔާ އަށް އެތަން ކުއްޔަށް ދިނީ އޭނާ އަށް ވެސް އެތަން އެހެން ފަރާތަކަށް ކުއްޔަށް ދެވޭނެ ގޮތަކަށެވެ.
ޑިމޮކްރެޓްސް ޕާޓީން އޭރު އެތަން ކުއްޔަށް ނެގީ އެ ވިޔަފާރިވެެރިޔާއާއެކު ހަދާފައިވާ ސަބް ލީސް އެގްރީމަންޓެއްގެ ދަށުންނެވެ.
ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 21ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބަށް ފަހު ފެނިގެން ދިޔައީ އެ ހަރުގޭގައި ހުރި ޑިމޮކްރެޓްސްގެ ސާމާނުތައް ނެރުނު މަންޒަރެވެ. އަދި އެއަށްފަހު ހަރުގެ ބަންދުކުރިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެތަން ކުއްޔަށް ދީފައި ވަނީ ޕީއެންސީ އަށެވެ. އަދި އެޕާޓީން އަންނަނީ ހަރުގެ ހުޅުވުމުގެ ތައްޔާރީތައް ވަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ