މާލޭގެ ގެސްޓުހައުސެއްގައި މީހަކު ކިޑްނެޕް ކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.
ފުލުހުން ރޭ ބުނީ މާފަންނުގައި ހުންނަ ގެސްޓުހައުސެއްގައި ބިދޭސީ ފިރިހެނަކު ކިޑްނެޕް ކޮށްގެން ގެންގުޅޭ ކަމުގެ ރިޕޯޓެއް ލިބުމުން އެ ތަނަށް ގޮސް އެމީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ. ކިޑްނެޕް ކޮށްގެން ގެންގުޅުނީ ނޭޕާލް ފިރިހެނެކެވެ. އެމީހާ ކިޑްނެޕް ކޮށްގެން ގެންގުޅޭތާ ހަފްތާއެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ދެ މީހަކު ހައްޔަރުކުރިއެވެ. އަދި ރޭގެ ވަގުތެއްގައި އެތަނުން އެކަކު ވަނީ ދޫކޮށްލައިފައެވެ.
ދެވަނަ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނީ ރަހީނު ކޮށްގެން ގެންގުޅުނު މީހާގެ ހާލަތު ރަނގަޅު ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ