މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އަންނަ އާދީއްތަ ދުވަހު ފަށާ ދިރާސީ އައު އަހަރުގެ ކިޔެވުމުން ފުރަތަމަ ތިން ދުވަހު ތިން ގަޑިއިރަށް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.
އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ އެގޮތަށް ނިންމާފައި ވަނީ މޫސުމީ ހާލަތަށް ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ތިން ދުވަހާ ހަމައަށް ކޮންމެ ދަންފަޅިއެއްގައި އެންމެ ގިނަވެގެން ތިން ގަޑިއިރަށް ކިޔަވައި ދިނުން ފައްތަން ވަނީ އަންގައިފައެވެ.
ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި ހުޅަނގު މޫސުމުގެ ބާރު ރާއްޖެ އަށް ގަދަވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުންޏެވެ.
އެގޮތުން ކުރިޔަށް އޮތް ތިން ދުވަހު ވެސް އުތުރާއި މެދު ރާއްޖޭގެ ސަރަހައްދަށް އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް