ދިވެހި ލެންގްއޭޖް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސައީދު މޫސާ ވަޖުދީ މަގާމުން ސަސްޕެންޑުކޮށްފިއެވެ.
ވަޖުދީ ސަސްޕެންޑުކުރީ ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެންނެވެ. އެކަމުގެ ތަފްސީލެއް އަދި ނޭނގެއެވެ. ވަޖުދީގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ވެސް މިއަދު ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ.
މީގެއިތުރުން މިއަދު ވަނީ ދެ ކުންފުންޏެއްގެ އިސްވެރިޔަކު ވެސް މަގާމުން ވަކި ކޮށްފައެވެ. އެއީ އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގާއި އެޗްޑީސީގެ ޗެއާމަން އަހްމަދު ޒުހޫރެވެ. އަދި އިއްޔެ މިފްކޯގެ އެމްޑީ ޝަމާހު ވެސް ވަނީ ވަކި ކޮށްފައެވެ. ނަމަވެސް މިއަދު އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހު ވެސް ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ ސަސްޕެންޑު ކޮށްފައެވެ. އެބޭފުޅުން ސަސްޕެންޑު ކުރީ އިންޑިއާގެ ބޮޑުވަޒީރަށް ބަދުބަސް ބުނެ މަލާމާތް ކުރި މައްސަލައެއްގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ