މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު މަގާމުން ވަކި ކުރައްވައިފިއެވެ.
ސަމާހް ވަކިކުރި ސަބަބެއް ހާމަ ނުކުރި ނަމަވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނީ، ސީއީއޯ ކަމުންނާއި ކުންފުނީގެ ބޯޑުން ސަމާހު ވަކި ކޮށްފައިވާ ކަމަށެވެ.
މީގެކުރިން ސަމާހް ވަނީ ސަންސްޕެންޑުވެސް ކޮށްފައެވެ. އޭނާ ސަސްޕެންޝަނުން ވީއްލީ މިދިޔަ މަހުއެވެ.
ސަމާހު އަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ސިޔާސީ ބޭނުމަށް މިފްކޯގެ އޮފީސް އިމާރާތް ބޭނުން ކުރުމާއި އާއިލީ މީހުންނަށް ވަޒީފާތައް ދިނުން ހިމެނެއެވެ. ޕީސީބީން އޭރު ބުނީ ސަމާހް ސަސްޕެންޑުކުރީ އެއްވެސް ނުފޫޒެއް ނެތި އެކަންކަން ފުރިހަމަ އަށް ތަހުގީގު ކުރުމަށްޓަކައި ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ