ފަލަސްތީނުގެ ހާލަތާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ގެ ޕްރޮސެކިއުޓަރު، އެ ކޯޓުގެ ޕްރީ-ޓްރަޔަލް ޗެމްބަރު 1 އަށް ހުށައަޅުއްވާފައިވާތީ އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. ފަލަސްތީނުގެ ނަސްލު ނައްތާލުމަށްޓަކައި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް މެދުކެނޑުމެއްނެތި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އެކަމުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ބޮޑު ކާރިސާއަކަށް މަގުފަހިވެފައިވާ ކަމެއް ކަމަށް ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުންޏެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ ބެންޖަމިން ނަތަންޔާހޫ އާއި ޔޯއާވް ގަލަންޓް އުފުލަން ޖެހޭނެ ކަމަށް ޕްރޮސެކިއުޓަރުގެ ހުށައެޅުއްވުމަށް ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާބެހޭ މުއާހަދާ ދަ ރޯމް ސްޓެޓިއުޓްގެ ބައިވެރި ދައުލަތެއްގެ ހައިސިއްޔަތުން، ބައިނަލްއަޤްވާމީ ގާނޫނުތަކުގެ މިންގަނޑުތަކަށް ބޯލެނބުމާއި އަދުލު އިންސާފާއި ޖަވާބުދާރީވުމުގެ އަސާސްތައް ދެމެހެއްޓުމުގެ މުހިންމުކަންވެސް ރާއްޖޭން ވަނީ ފާހަގަކޮށްފައެވެ. އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ސާބިތުހެކި ޕްރޮސެކިއުޓަރު ހުށަހަޅުއްވާނެ ކަމަށާއި، އަދި ކޯޓުގެ އަދުލުވެރިކަމާއި ނަޒާހަތްތެރިކަމާމެދު ދިވެހި ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ބަޔާނުގައިވެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަމިއްލަ އިހްތިޔާރުގެ ހައްގާއި، މިނިވަން ދައުލަތެއް ގާއިމު ކުރުމުގެ ހައްގު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.
އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމުކޮށް، ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދާއިމީ އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								