ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ ކުށްވެރިއެއް ގޮތަށް ސިފަ ނުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ބައްސާމްގެ މައްސަލައާ ގުޅޭ ލިޔުންތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އާންމު ކުރަމުންދާތީ އެކަން ހުއްޓުވަން އޭނާގެ ފަރާތުން ކޯޓުގައި އެދުނެވެ.
ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ކުށް ސާބިތުވުމުގެ ކުރިން ކޮންމެ މީހަކީ ވެސް މައުސޫމް މީހަކަށް ވާތީ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން, ހައްގުތައް ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާ އޮތް އެއްވެސް ފަރާތަކުން ބައްސާމަކީ ކުށްވެރިއެއް ކަމަށް ބެލެވޭ ގޮތަށް އެއްވެސް ހިޔާލެއް ފާޅު ނުކުރަން އަމުރު ކުރާ ކަމަށެވެ. އަދި އެ އަމުރާ ހިލާފަށް ކުރާ އެފަދަ ކޮންމެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލިދާނެ ކަމަށް އެ އަމުރުގައިވެ އެވެ.
މީގެ އިތުރުން ކޯޓުން މިއަދު ވަނީ ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
އެފްއޭމްއަށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ. އެ މައްސަލާގައި މިދިޔަ އަހަރު ފުލުހުން ވަނީ އެފްއޭއެމްގެ އިމާރާތަށް ވެސް ވަދެ, ފާސްކޮށްފަ އެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް