އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި، އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައިސީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޒިންމާތަކާ ވަގުތީ ގޮތުން ނައިބު ރައީސް މޮހްބެރް ވަނީ ހަވާލުވެވަޑައިގެންފައެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާއިން ބުނީ ރައީސީއާއެކު އެ ދަތުރުގައި އެގައުމުގެ ފޮރިން މިނިސްޓަރާއި އެގައުމުގެ އޮފިޝަލުން ވެސް ދަތުރުކުރަމުން ދިޔަ ކަމަށެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ މި ހާދިސާ ހިނގާފައިވަނީ އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ޖޮލްފާ ކައިރީގައި ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ