މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖޭން ފުރާ ގްރޫޕް މިމަހުގެ 31ވަނަ ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހައްޖުވެރިން ފުރުމުގެ އެންމެހައި އިންތިޒާމްތަކެއް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް މުއައްސަސާތަކާ ގުޅިގެން ކޮށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
"ފުރަތަމަ ފުލައިޓް ފުރަނީ 31 މެއި 2024 ވާ ހުކުރު ދުވަހު. ފުރުމުގެ އިންތިޒާމްތަކާ ގުޅޭ ކަންކަމުގައި މުއައްސަސާތަކާ އެކުވަނީ މަޝްވަރާކޮށްފައި،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އަށް ކޮންމެ އަހަރަކުވެސް މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާ އިން ދެމުން ގެންދާ ރަސްމީ ހައްޖު ކޯޓާ މުޅިން އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް އޮތީ ނިންމައިފައެވެ. އެގޮތަށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17ވަނަ ދުވަހު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައެވެ.
ހަމަ އެ ދުވަހު ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައިވާ ގޮތުގައި ހައްޖަށް ދިޔުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ ވެސް ވަނީ އެއްކޮށް ދައްކާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ