ކަޔަކެއްގައި މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު ކަޔަކެއްގައި މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށާއި އެމީހާ އަކީ އެ ރިސޯޓުގެ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 3:30 ހާއިރު ކަމަށެވެ.
ކަޔަކެއްގައި މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން އަންނައިރު މުދާ އުފުލާ ދޯންޏެއް ވެސް ގެއްލިގެން އަންނަނީ ހޯދަމުންނެވެ. އެ ދޯނި ހޯދަމުން އަންނަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ