ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ވައިގަދަވެ، އައްޑޫ ސިޓީ ދެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލި ދެ ގޭގެ ފުރާޅު މިހާރު ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސިފައިންގެ އެހީތެރިކަމާއެކު ހައްލުކޮށްދީފައިވާ ކަމަށެވެ.
މީގެއިތުރުން ވެސް ވައިގަދަވުމުގެ ސަބަބުން އައްޑޫގެ ބައެއް އެހެން ރަށްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެގޮތުން އައްޑޫ ސިޓީ ހިތަދޫ ފުޓްސަލް ދަނޑުގެ ލައިޓް ޕޯސްޓް އަރިއަޅާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ފުޓްސަލް ދަނޑުގެ ލައިޓް ޕޯސްޓް އަރިއަޅާލުމާ ގުޅިގެން ލައިޓް ޕޯސްޓް އެތަނުން ނެގުމަށްފަހު ކައުންސިލާ ވަނީ ހަވާލުކޮށްފައިވާ ކަމަށެވެ.
މެޓު އޮފީހުން ވަނީ މީގެ ދެގަޑިއިރު ކުރިން ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ އެލާޓު ނެރެފައެވެ. އެ އެލާޓުގައިވާ ގޮތުގައި 50 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް