އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސޮއިކޮށްފިއެވެ.
އެ ރަސްމިއްޔާތު އޮތީ އިއްޔެ ނޫވިލު ސީޕްލޭން ޓާމިނަލުގައެވެ. އެ ކޮންގްރެސް އޮންނާނީ އަންނަ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އެ ކޮންގްރެސްގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގެ އޭވިއޭޝަން ސެކްޓަރުގެ އިސްވެރިންނާއި ބައްދަލުވެ ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެ، ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރާ ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ހެޔޮ ބަދަލުތައް އަންނާނެ ކަމަށެވެ.
އެމްއޭސީއެލްގެ އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ---"މި ކޮންގްރެސްގެ ތެރެއިން ރަނގަޅު ވިޔަފާރީގެ ފުރުސަތުތައް ފަހިވެ ގުޅުންތައް ބަދަހިކުރުމަށް ފުރުސަތުތައް ލިބިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ ޗެއާޕާސަން އާއިޝާ ނޫރުއައިން ޖަނާހް ވިދާޅުވީ މިއީ ދުނިޔޭގެ ކަންކޮޅުތަކަށް ރާއްޖޭގެ މަގުބޫލު ސަގާފަތާއި ގުދުރަތީ ރީތިކަން ދައްކާލުމަށް ލިބޭ ހާއްސާ ފުރުސަތެއް ކަމަށެވެ. އަދި އުއްމީދަކީ އެ ތަޖުރިބާތައް އައު ގުޅުންތަކާއެކު ފުޅާވެގެންދާ ނެޓްވޯކަށް ފަހިކޮށްދީ، ރާއްޖޭގެ ރަށްރަށަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދިއުން ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް