މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް އޮރެންޖު އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން މިއަދު ހެނދުނު ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށް އެލާޓު ވަނީ ނެރެފައެވެ.
ނަމަވެސް މީގެ ކުޑަ އިރުކޮޅެއް ކުރިން މެޓުން ވަނީ އައްޑޫ އަދި ފުވައްމުލަކަށް އޮރެންޖު އެލާޓު ނެރެފައެވެ.
މެޓުން ބުނީ އެވަގުތުތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބުނީ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށެވެ.
މިމަހުގެ 16ވަނަ ދުވަހުން ފެށިގެން ފަސް ދުވަސް ވަންދެން ރާއްޖެ އަށް މޫސުން ގޯސް ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ
ފެބްރުއަރީ 1ވަނަ ދުވަހު އެކަނިވެސް 10،000އަށްވުރެ ގިނަ ފަތުރުވެރިން
އިންޑިއާގެ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަނީ
ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކަން ފަށައިފި
3 އިންތިހާބާއެކު މުޅި ދައުލަތް އޮންނަނީ "އިންތިހާބީ ހުމެއްގައި"