ތ. ކަނޑޫދޫގައި ފާރެއް ދަށުވެ އަނިޔާވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެެނެސްފިއެވެ.
ފާރެއް ދަށުވެ އަނިޔާވީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ. އެކުއްޖާ ފާރު ދަށުވީ ކުދިންތަކަކާއެކު ކުޅެން ތިއްބާއެވެ. އެކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ކަނޑޫދޫ ސިއްހީ މަރުކަޒަށެވެ.
ނަމަވެސް އެކުއްޖާގެ ހާލަތު ގޯސްވުމުން މިއަދު ހެނދުނު 8:30ގައި މާލެ ގެނައުމަށް ވަނީ ފުރުވާލައިފައެވެ. މާލެ ގެނައީ އެއާ އެމްބިއުލާސް އެއްގައެވެ.
ބައެއް މީޑިއާތަކުގައިވާ ގޮތުގައި އެކުއްޖާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެގޮތުން ކުއްޖާގެ ފައިގެ ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށްވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ