ތ. މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކުރި މީހަކު ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ތ.މަޑިފުށި / ދޮންވެލި، ޙުސައިން ޝަރޫން ތ. މަޑިފުއްޓަށް މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު މަސްތުވާތަކެތި އެތެރެ ކުރާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެރަށު ބަނދަރު މަތިން އޭނާ ހުއްޓުވާ ބަލާ ފާސް ކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށް ލުމަށް މަޑިފުށި ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ