ހުޅުމާލެ ފޭސް އެކަކުން ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން އިއްޔެ ބުނީ ސަހަރާ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު އިތުރު މައުލޫމާތު ދެމުން ފުލުހުން ބުނީ އެމީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ނުވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑާއި މެދު އަމަލު ކުރާނެ ގޮތަކާއި ގުޅޭ ގޮތުން އެމީހާގެ އާއިލާއާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.
ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ފެނިފައިވާއިރު، މީގެ ދެ ދުވަސްކުރިން ބަނޑޭރިކޮށީގައި ބަޔަކު ނޫޅޭ އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި 30 އަހަރުގެ ދިވެހި އެ ފިރިހެން މީހާގެ ހަށިގަނޑު ފުލުހުންނަށް ފެނުނީ މަރުވެފައި އޮންނަތާ ތިން ދުވަސް ފަހުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ