ކާރު ގަނެދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގަމުން އަންނަ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އެމީހާއާ ގުޅޭ ވާހަކަތައް ހިއްސާ ކުރަމުންނެވެ. އެގޮތުން އެމީހާ އަކީ މީހުންނަށް ކާރު ގަނެދޭނެ ކަމަށް ބުނެ ފައިސާ ނަގަމުން އަންނަ ފުލުހެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެމީހާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ޕޯސްޓުގައިވެއެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ އެ ފުލުސް މީހާގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އިން ތަހުގީގުކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ފުލުހުންނާއި ގުޅޭ މިފަދަ މައްސަލަތައް މީގެކުރިންވެސް ބަލާ ފިޔަވަޅު އަޅާފައި އެބަހުއްޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ދިޔަދޮވި ޅިޔަންބެއަށް ވާނީ ތިވަރު
ރިޒާ