ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މީރޫމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ އަދި އިފްޒާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން މާޓިން ގްރެގާސް ޕެޑެސެންއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވަނީ 4 މަސް ދުވަސް ނުވަތަ 5 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށާއި އެއާއެކު އުތުރާއި ފުނަދޫގެ ފައިނޭންޝަލް ސެންޓަރ ބިލްޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަން ފާހަގަކުރައްވައިފައެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރު ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ރަށް ކ. ފުނަދޫގައި ފައިނޭންސިން ހަބެއް ގާއިމް ކުރެވިގެން ދާނެއެވެ. އަދި މާލެއާއި ހުޅުލެ ދޭތެރޭ ބްރިޖަކުން ފުނަދޫ ގުޅާލާއިރު އެ މަސައްކަތްތައް ކުރިޔަށް ގެންދާނީ އިފްޒާގެ ހަރަދުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ