ޔުނައިޓެޑް ނޭޝަން (އެކުވެރި ދައުލަތް [އދ])ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އދ. އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 143 މެންބަރު ގައުމުގެ ވޯޓުންނެވެ. ޔޫއޭއިން ހުށަހަޅައި ފާސްކުރި މި ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓު ދިނެވެ.
ޔޫއޭއިން ހުށަހެޅި "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ގަރާރު ފާސްކުރުމުގެ ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓުނުދޭ 25 ގައުމެއް ހިމެނެއެވެ.
މި ގަރާރުގައި ބުނެފައި ވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށްވުމަށް ޝަރުތުހަމަވާ ގައުމެއް ކަމަށާއި އެކަމަށް އދ.ގެ ގިނަ ގައުމުތަކުން ތާއިދުކުރާ ކަމަށެވެ.
އދ.ގެ ފުރިހަމަ މެމްބަރަކަށް ފަލަސްތީނުވެގެން ދިއުމުން އދ.ގައި ވާހަކަ ދެއްކުމުގެ ފުރުސަތާއި ހުށަހެޅުންތައް ހުށަހަޅައި އަދި ކޯ ސްޕޮންސަރ ކުރުމުގެ ފުރުސަތާއި ބަހުސްތަކުގައި ރައްދު ދިނުމުގެ ހައްގާއި އދ.ގެ ޕްލީނަރީ އަދި މައި ކޮމިޓީތަކަށް ކުރުމަތިލުމުގެ ހައްގު ލިބިގެންދާނެއެވެ. ނަމަވެސް އދ.އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓުލުމުގެ ހައްގެއް ނުލިބެއެވެ.
ފަލަސްތީނަކީ އދ.ގެ އޮބްޒާވަރެއްގެ ދަރަޖަ ލިބިފައިވާ ގައުމެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ