ރާއްޖޭގައި ސިހުރު ހާހޫރުގެ ކަންތައްތަކަކީ މިއަދު ބޮޑުވެފައިވާ މައްސަލައެކެވެ. ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ ކަންކަން ކުރާ ފަރާތްތައް ވެސް މިއަދު މަދެއް ނޫނެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ވެސް މިފަދަ ނުބައި އަމަލުތައް ކުރާ ފަރާތްތައް އަންނަނީ ފާޅުގައި އެފަދަ ކަންކަން ކުރާ ކަމަށް ދައްކާ އިޝްތިހާރު ކުރަމުންނެވެ. ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ވޭތުވެދިޔަ އަހަރުތަކުގައި އެތަކެއް ބަޔަކު ރާއްޖޭން ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް މީގެތެރެއިން ގިނަ މީހުން ތިބީ ދޫވެފައެވެ. މާބޮޑު އަަދަބެއް ނުދެވެއެވެ. އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް އާއްމުން އެތައް ފަހަރަކު ގޮވާލައެވެ. އަނެއްކާވެސް މިވަނީ އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާ އަޑު ގަދަވެފައެވެ.

މި އަޑު ގަދަވެފައި މިވަނީ ފުނަދޫ ދާއިރާގެ މެމްބަރުކަމަށް އަލަށް އިންތިހާބުވި ޒުވާން މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ)އަށް ސިހުރު ހެދި ކަމަށް ބުނެ، އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައި ވަނިކޮށެވެ. ސިހުރު ހެދި ކަމަށް ބުނެ ފުނަދޫއިން މީހަކު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހުއެވެ.

ފުުލުހުން ބުނީ ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުނަދޫ ކޯޓަށް އިއްޔެ ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އަދި އޭނާ ވަނީ ކުޅުދުއްފުށި ސިޓީއަށް ގެންގޮސްފައެވެ.

https://www.facebook.com/zareerh/posts/pfbid02B46UxT7wFAvcWupY5ZSrP23NGPjUCkZj33hWLWi6Rt6CQxKQy2ovkXDiJobboKYtl
https://www.facebook.com/chiks.bitun/posts/pfbid02g4odDA5PZhHTg9F65nETdhbuX9BfaNsKrMSzdiUSq5JpMmdN7oPh2wEW5uqvJUdml
https://www.facebook.com/jahvvee/posts/pfbid0Zisp1bGqKTqfQDLZBA5ynf2uJBrt8WGByWxsZcikjoAyoUSs4tswfmMwthdFR9ngl
https://www.facebook.com/Studio33Thinadhoo/posts/pfbid02BVegXsjCV8XkTNYXYyUsHLXgTbzHF5H3Jp1Pe11SHZE8kcQKm3vT3uSgcviuf3u1l
https://www.facebook.com/Addabia/posts/pfbid02iDrGXDFLYgU76bQNzGVFiUGksgKq1vGhQ4a25uiqKECCfjpxkv5WNZnAWuAan2hcl

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސިހުރު ހަދާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. ބައެއް ފަރާތްތަކުން އަންނަނީ މިފަދަ ނުބައި ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށްޓަކައި މަޖިލީހުން ގާނޫނެއް ހަދަން ޖެހޭ ކަމަށް ބުނަމުންނެވެ.

ބައެއް ފަރާތްތަކުގެ ހިޔާލު ހުރީ މިފަދަ މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ. އަދި އެފަދަ މީހުންނަކީ މުޖުތަމައު އިން ނައްތާލަން ޖެހޭ ބައެއް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ހިޔާލު ފާޅު ކޮށްފައިވެއެވެ.

2015ވަނަ އަހަރުގެ އޭރުގެ އިސްލާމިކް މިނިސްޓްރީން ސިހުރާ ގުޅިގެން ނެރުނު ބަޔާނެއް:

"ފަންޑިތަ ސިހުރު ހާހޫރަ ހެދުމަކީ އިސްލާމީ މުޖުތަމަޢެއްގައި ހުއްދަ ކަމެއްނޫނެވެ. އެހެންނަމަވެސް، އީމާންކަން ބަލިކަށިވުމުގެ ސަބަބުން، ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދައިގަތުމުގެ މަޤްޞަދުގައި ބައެއް މީހުން ސިހުރު ހާހޫރައިގެ ބޭނުން ކުރެއެވެ. މިކަމުގެ ނުރައްކާތެރިކަމަކީ، މާތް ރަސްކަލާނގެ އަށް އުރެދި، ސިހުރު ހަދާ މީހާ ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ.

ފަނާކުރަނިވި ބޮޑެތި ފާފަތަކުގެ ތެރޭގައި ސިހުރު ހިމަނުއްވާފައިވުމުން އެކަމުގެ ނުބައިކަމާއި އެކަމުގެ ސުންޕާކަން އެނގެއެވެ. މާތް ރަސްކަލާނގެ އަޅުގަނޑުމެންނަށް ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ލައްވާފައެއް ނުވާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ކަންކަމަށް އެދިގެން މާތް ރަސްކަލާނގެ ޙަޟްރަތުގައި ދެންނެވުމެވެ. ހުރިހާ ކަމެއް މިންވަރު ކުރައްވަނީ މާތް ރަސްކަލާނގެ ކަން ޤަބޫލުކުރުމެވެ.

ވީމާ، މިފަދަ ކަންކަމާމެދު ވިސްނާ ފިކުރުކޮށް، މާތް ރަސްކަލާނގެ ޝަރީޢަތުގައި ސިހުރު ހާހޫރަ ހެދުން މަނާކޮށްފައިވާކަން ގަބޫލުކޮށް، އެކަމަށް ނުކިޔަމަންތެރިވާ ބަޔަކުކަމުގައި ނުވުމަށް، މިފަދަން ކަންކަން ކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ފާފަވެރިކަމަކަށް އަރައި ނުގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އިޙުތިރާމާއެކު އެދެމެވެ."