"ކުރަނގި"ގެ ނަމުގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފޮޓޯ، އިނގިލީގެ ނިޝާން ނަގާ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.
ކ. ހިންމަފުށީގައި އޮތް އެ ރަސްމިއްޔާތު ފައްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ފެށި މަސައްކަތާއެކު ބިދޭސީންގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށާއި އެގޮތުން ގިނަވެގެން ތިން އަހަރުގެ ތެރޭގައި އެ މައްސަލައަށް ހައްލެއް އަންނާނެ ކަމަަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އަދި މައުލޫމާތުތައް އަހަރު ދުވަސް ތެރޭގައި އެއްކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ފެށި އޮޕަރޭޝަންގެ ބޭނުމަކީ އެއްވެސް ހާލަތެއްގައި ބިދޭސީން ހިފާ ހައްޔަރު ކުރުން ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ މިވަގުތު މި އޮޕަރޭޝަނުގެ އެއްވެސް ވިސްނުމެއް ނޫން މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުމަކީ. މިވަގުތު އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ ބިދޭސީންގެ އައިޑެންޓިޓީއަކީ ކޮބައިތޯ ކަށަވަރުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މައްސަލަތަކަށް އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ ކަމަށާއި އެފަދަ ކަންކަން މުޅީން ޙައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ޤާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށްޓަވާފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ