ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތުނބުޅި ބެހެއްޓުމުގެ ހައްގު ދިނުމަށް ގޮވާލައިފިއެވެ.
މިގޮތަށް ގޮވާލެއްވީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫސީ) ރައީސް އަދި ޓޫރިޒަމް އެމްޕޮލޮއީސް އެސޯސިއޭޝަން (ޓީމް)ގެ ސެކަރެޓަރީ ޖެނަރަލް މައުރޫފެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މިއަދު ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ މިހާތަނަށް ރާއްޖޭގައި ތުނބުޅި ހުންނެވި ވެރިޔަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެމަނިކުފާނުގެ ތުނބުޅިއަށް އިހްތިރާމްކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ތުނބުޅި ބެހެއްޓުމުގެ ހައްގު ދިނުމަށް ގޮވާލައިފައެވެ.
"އަޅުގަނޑުމެން މި ގޮވާލަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ، ހާއްސަކޮށް ދިވެހިންގެ އިންސައްތައަކީ 50 އިންސައްތަ ކަމުގައި ކަނޑައަޅައި ދިނުމަށް،" 20ވަނަ މަޖިލީހުގެ ކެންދޫ ދާއިރާ އަށް އިންތިހާބުވެވަޑައިގެންފައިވާ މެންބަރު މައުރޫފް ވިދާޅުވިއެވެ.
ރިސޯޓުތަކުގެ މުވައްޒަފުން ކޮންމެ ދުވަހަކު މަސައްކަތަށް ނިކުތުމުގެ ކުރިން ތުނބުޅި ބާލައި އޮމާން ކުރަން މަޖުބޫރުކޮށް ހަދާފައިވާ ރިސޯޓު ޕޮލިސީ ބަދަލުކުރުމަށް އެދި ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅައިފައެވެ. އެ ޕެޓިޝަން ހުށަހަޅާފައި ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ 1500 މުވައްޒަފުންގެ ސޮއިއާއެކުގައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް