ޓީޗަރުންނަށް ނުކަތާ ވަރަށް، ކޮންމެ ކުލާހަކަށް 40 ދަރިވަރުން ލައިގެން، ކިޔެވުން ކުރިއަށް ނުގެންދިއުމަށާއި އޭގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ގެއްލުންވާ ކަމަށް ބުނެ، މަސައްކަތްތެރިންގެ އެއްވުމުގައި އަޑުއުފުލައިފިއެވެ.
އެގޮތަށް އަޑުއުފުލާފައި ވަނީ މަސައްކަތްތެރިންގެ ހައްގުގައި މިއަދު މާލޭގައި ބޭއްވި "މޭ ޑޭ" އެއްވުމުގައެވެ.
"ކްލާސް ރޫމެއްގައި 30 ކުދިން 40 ކުދިން، 45 ކުދިން އެބަ ތިބޭ. އެވަރަށް ކުދިން ހަވާލު ކުރުމުން ވަރަށް ބޮޑު ގެއްލުމެއް ކުދިންނަށްވޭ. ދަރިވަރުންނަށްވޭ. މުޖުތައުމަށް އޭގެ ގެއްލުންވޭ،" މަޖީދީމަގުގައި މިއަދު ކުރިއަށް ގެންދިޔަ އެއްވުމަށްފަހު، އާޓްފިޝަލް ބީޗުގައި ވާހަކަ ދެއްކި ޓީޗަރަކު ބުންޏެވެ.
"ޓީޗަރުންނަށް ވެސް އެބޭފުޅުން ކުރަންޖެހޭ ކަންކަން ރާވާލައިގެން، ނޭވާލައިގެން ހަމަޖެހިލައިގެން މަސައްކަތް ކުރެވޭނެ ކަހަލަ ގޮތަކަށް މަސައްކަތް ތަރުތީބުވެގެން ދާން އަޅުގަނޑުމެން ބޭނުންވަނީ،"
އެ އެއްވުމުގައި ވާހަކަ ދެއްކި އެހެން ޓީޗަރަކު ވަނީ ސްކޫލުތަކުގައި މަސައްކަތް ކުރާ އީދާރީ މުވައްޒަފުންނާއި މަސައްކަތު މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ މައްސަލަ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނެސްފައިވާ ބަދަލާ އެކު، އެޓެންޑެންސް އެލަވަންސްމެދު ސަރުކާރުން ކަންކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ޓީޗަރުން ކަންބޮޑުވުންފާޅުކުރިއެވެ.
މަސައްކަތްތެރިންގެ ހައްގުގައި "މޭޑޭ" އެއްވުން ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫސީ)އިން އިސްނަގައިގެންނެވެ. އެ އެއްވުމުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ރިސޯޓު މުވައްޒަފުންނާއި ބިދޭސީ މަސައްކަތްތެރިންނާއި ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ