ހަށިވިއްކުމުގެ ވިޔަފާރި ކުރާ ޓެލެގްރާމް ޗެނަލެއް އަނެއްކާވެސް ފުލުހުން ސީޒްކޮށް މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް "އެމްވީ ކޯލް ގާލް" ގެ ނަމުގައި ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލެއް ސީޒްކޮށް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިއީ މިފަހަކުން ފުލުހުން ސީޒްކުރި މިފަދަ ދެވަނަ ޓެލެގްރާމް ޗެނަލެެވެ.
އެގޮތުން މިއަހަރުގެ ތެރޭގައި ފުލުހުން ވަނީ "ޖަޒީރާ އެޑްމިން" އާއި "ޖަޒީރާ ގާލްސް" އާއި "ޖަޒީރާ އެސްކޯޓް ގެލަރީ" އާއި "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ހަބަރު"ގެ ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލެއް ސީޒްކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. މި މައްސަލާގައި ތިން މީހަކު ހައްޔަރު ވެސް ކޮށްފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ