މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރަ އަކީ ދެމޫސުން ބެދޭތީ ކުރަމުން އަންނަ ވިއްސާރައެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު "ހަތާވީސް" އަށް މައުލޫމާތު ދިން ގޮތުގައި ފާއިތުވެދިޔަ އެހެން އަހަރުތަކުގައި ވެސް އާއްމު ގޮތެއްގައި މިހާ ހިސާބުގައި ވިއްސާރަ ކުރެއެވެ. ނަމަވެސް އަދި ހުޅަނގު މޫސުން ނުފެށޭ ކަމަށާއި މިހާރު ކުރާ ވިއްސާރަ އަކީ ދެމޫސުން ބެދޭތީ ކުރާ ވިއްސާރައެއް ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ ހުޅަނގު މޫސުން އާއްމުކޮށް މިހާރު ފެށެނީ މޭ މަހު ކަމަށާއި ނަމަވެސް ހުޅަނގު މޫސުން ފެށިއްޖެ ކަމަށް ނިންމަނީ ވަކި މިންގަނޑުތަކަކަށް ބެލުމަށްފަހު ކަމަށް މެޓުން ބުންޏެވެ.
މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ