ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް މިފަހަރު ވެސް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިދިޔަ އަހަރު ވެސް ސްޓޫޑެންޓު ލޯނަށް ޝަރުތުހަމަވި ހުރިހާ ދަރިވަރުންނަށް ވެސް ވަނީ ސްޓޫޑެންޓް ލޯނު ދޫކޮށްފައެވެ.
ރައީސް ޑރ. މުއިއްޒު މިއަހަރު އެގޮތަށް ނިންމެވިކަން އިއުލާން ކުރެއްވީ މިރޭ ބޭއްވި "އަހާ" ފޯރަމްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރު ޑރ. މަރިޔަމް މާރިޔާއެވެ.
ސްޓޫޑަން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ 29 އެވެ. އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ.
"ދިވެހިރާއްޖޭގެ ލޮބުވެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މިވަގުތު ލޯނަށް ލާ ހުރިހާ ކުދިންގެ ޝަރުތު ހަމަވާނަމަ ހުރިހާ ކުދިންނަށް ވެސް ލޯނު ދެއްވުން. އެއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް،" މިނިސްޓަރު ޑރ. މާރިޔާ ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ