ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އެ ހިދުމަތުގެ އިސް އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
"ހަތާވީސް" އަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން މިއަދު ކިޔައިދިން ގޮތުގައޖ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު މިއަދުގެ ވަގުތެއްގައި ފާހާނާގައި ހުއްޓާ މެޔަށް ތަދެއް އެރީއެވެ.
އެކަން އެހެންވުމުން އުމުރުން 44 އަހަރުގެ ޒިޔާދު ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އޭނާ ނިޔާވީ އޭގެ ފަހުން ކަމަށް "ހަތާވީސް" އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ޒިޔާދު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާތާ އަންނަ މަހުގެ 22ގައި އަހަރު ފުރޭނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ