އައްޑޫ ސިޓީ އަށް އިއްޔެ ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގެ ގެތަކަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެއެވެ.
އިއްޔެ އައްޑޫ އަށް 167.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެއެވެ. އެ ވިއްސާރާގައި މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ވެސް ވަނީ ފެން ވަދެފައެވެ. އެގޮތުން އެންމެ ބޮޑަށް ފެން ވަދެ ގެއްލުން ލިބިފައި ވަނީ ފޭދޫ އަށެވެ.
އެމްއެންޑީއެފް އިން ބުނީ ފޭދޫގެ 40 ގެއަކަށް ފެން ވަދެފައިވާ ކަމަށާއި ފަސް ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
މެޓުން ވަނީ ރޭ ވެސް ވަނީ އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ