ވިހިވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް މިހާރު އިންތިހާބުވެ ވަޑައިގެންފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރެއްވުމަށް އޭނާގެ ދާއިރާ ފޮނަދޫ ދާއިރާގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ވަނީ ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ލ. އަތޮޅުގެ ތާރީހް ބަދަލު ކޮށްލާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލަކަށް އޭނާ ވަޑައެއްނުގަންނަވައެވެ.
އަދުރޭ އަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އޭނާ އަކީ 17 އަދި 18ވަނަ ރައްޔިތުން މަޖިލީހުގައި ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ތަމްސީލް ކުރެއްވި ބޭފުޅާއެވެ. 19ވަނަ މަޖިލީހަށް ކުރިމަތިލެއްވި ނަމަވެސް އެ އިންތިހާބުން އޭނާ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވަރަށް ކުޑަ ތަފާތަކުންނެވެ.
އިއްޔެގެ އެ ހަފްލާގައި އަދުރޭގެ ދަރިކަލުން އަދި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ އައު މަޖިލިސް ހުވާ ކުރުމަށްފަހު އަނެއްކާވެސް ލ. އަތޮޅުގައި އުފާފާޅު ކުރުން އޮންނާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ