ހަތްހާހަށްވުރެ ކުދިންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އިމްތިހާނު ރާއްޖޭގެ 257 ސެންޓަރެއްގައި ކުރިޔަށް ގެންދާ ކަމަށެވެ. މި އިމްތިހާބުގައި 7،501 ކުދިން ބައިވެރިވާ ކަމަށް ވެސް ބުންޏެވެ.
މީގެތެރޭގައި ހިމެނެނީ އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގެ 346 ކުދިންނެވެ. މިއަދު ފެށި މި އިމްތިހާން ކުރިޔަށް ދާނީ އަންނަ ޖޫން މަހުގެ 13ވަނަ ދުވަހާ ހަމައަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ބަދަލު ކޮށްފައެވެ. އަދި އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖެއްސިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް