މިދިޔަ އާދީއްތަ ދުވަހު [21 އޭޕްރީލް 2024] ބޭއްވި 20ވަނަ ރައްޔިތުން މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަން ފަށައިފިއެވެ.
އެ އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެ ދުވަހުގެ ވޯޓުލުން ބަންދު ކުރުމުގެ 30 މިނެޓު ކުރިން އާއްމު ކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި އެވަގުތާއި ހަމައަށް 207،693 މީހުން ވަނީ ވޯޓުލައިފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 72.96 ޕަސެންޓު މީހުންނެވެ.
މަޖިލީހުގެ 93 ދާއިރާ އަށް އެ އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރިއެވެ. މީގެތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން އިންތިހާބުވެވަޑައިގަތީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އިންނެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ނިމި ނަތީޖާ އިއުލާން ކުރިއިރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އެ ޕާޓީން ވަނީ ހޯދައިފައެވެ. އިންތިހާބުގައި ޕީއެންސީން އެކަނި 66 ގޮނޑި ކާމިޔާބުކުރިއެވެ. އިދިކޮޅު އެމްޑީޕީ އަށް ލިބުނީ 12 ގޮނޑިއެވެ.
އިންތިހާބު ނިމުމުން ރައްޔިތުން މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކާމިޔާބު ހޯއްދެވި ފަސް އިންތިހާބީ މެންބަރަކު ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއާ ވަނީ ގުޅިވަޑައިގެންފައެވެ. އަދި ރޭގެ ވަގުތެއްގައި އިތުރު މެންބަރަކު ޕީއެންސީއާ ގުޅިވަޑައިގަތެވެ. އެއާއެކު މިހާރު ހަމައެކަނި އެޕާޓީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އަދަދަކީ 73 މެންބަރުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ