ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ފުރަތަމަ ފަހަރަށް މަޝްރޫއުއެއް ހިންގުމުގެ ފުރުސަތު ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެއީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ މަޝްރޫއުއެއް ހިންގުމުގެ މަޝްރޫއުއެއް ކަމަށެވެ. އެ ހުއްދަ ދިނީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަޒާސް ޕަވަ ކޯޕް އާއި ސަންގްރޯ ޕަވާ ސަޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށް
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސަބަބުން ތެލަށް ކުރަންޖެހޭ ހަރަދު ކުޑަވެގެން ދާނެ ކަމަށެވެ. އަދި މި މަޝްރޫއު އަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން މި ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލުވާން އެހީތެރިވެދޭނެ މުހިންމު މަޝްރޫއެއް
28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމް ކުރުން ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ