ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އައްޑޫ ސިޓީގައި ގާއިމު ކުރުމަށް މީގެކުރިން ނިންމި، އެހެންނަމަވެސް ބިން ހަމަ ނުޖެހި އޮތުމުގެ ސަބަބުން މަސައްކަތް ފެށިފައި ނުވާ "އައްޑޫ ގާމެންޓް ފެކްޓަރީ" މަސައްކަތް އަނެއްކާވެސް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ސަރުކާރުގެ އިގްތިސޯދީ އެޖެންޑާއާ ގުޅޭ ވާހަކަތައް ހިއްސާ ކުރައްވަމުން ސައީދު ވިދާޅުވީ އެ މަސައްކަތަކީ ބިންވެސް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އަނެއްކާ ވެސް އެ މަސައްކަތް ކުރިޔަށް ގެންދެވޭތޯ ބީސީސީގެ މިހާރުގެ މެނޭޖުމަންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލުތަކެއް ސައީދު ހާމައެއް ނުކުރައްވައެވެ.
ގާމެންޓް ފެކްޓަރީގެ މަސައްކަތަކީ ބީސީސީގެ ކުރީގެ މެނޭޖުމަންޓުން ވެސް އައްޑޫގައި ފެށުމަށް ކުރި މަސައްކަތެކެވެ. ނަމަވެސް އެކި ސަބަބުތަކަށްޓަކައި އެ މަސައްކަތް އޭރު އޮތީ މަޑު ޖެހިފައެވެ. އޭރު ބީސީސީން ވަނީ ގާމެންޓް ފެކްޓްރީގެ އޮޕަރޭޝަނަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދުމަށް ވެސް އިއުލާން ކޮށްފައެވެ.
ސަރުކާރުގެ އިގްތިސޯދީ އެޖެންޑާގައި ހިމެނޭ އެހެން ކަންކަން ހިއްސާ ކުރައްވަމުން ސައީދު ވިދާޅުވި ސަރުކާރުން ކުރިޔަށް ގެންދާ ފުޑް ސެކިއުރިޓީ ޕްރޮގްރާމުގެ އިތުރަށް، ދިވެހިން އާއްމުކޮށް ކެއުންބުއިމަށް ބޭނުންކުރާ ބާވަތްތައް އުފެއްދުމަކީ ވެސް ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.
ސައީދު ވިދާޅުވީ އުތުރުތިލަފަޅުގައި ގާއިމް ކުރާ ފުޑް ސެކިއުރިޓީ ޕްރޮގްރާމުގެ ދަށުން އެތަން ތަރައްގީ ކުރެވިގެން ދާނީ "ބޮޑު އެޑްވާންސް ފުޑް ސިޓީއެއްގެ" ގޮތުގައި ކަމަށެވެ.
"އޭގެ އިތުރަށް އަޅުގަނޑުމެން އެބަ ބަލަން ރާއްޖޭގައި ކެއުންބުއިމަށް ބޭނުންކުރާ ލޮނު މިސާލަކަށް، ބައެއް ކަހަލަ އެއްޗެހި ހުރޭ ހަމަ މެރީން ސޯލްޓް ބޭސިސް އެއްޗެހި މެރިން ބޭސްޑް ބައެއް ކަހަލަ އިންގްރީޑިއެންޓްސް އުފެއްދިދާނެ ކަންތައްތަކެއް،" އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކަނޑުން ލިބޭ ނަފައަކީ ވެސް ރާއްޖެ އަށް ހޯދި ދާނެ ނަފާއެއް ކަމަށެވެ.
ސައީދުގެ ވާހަކަފުޅުގައި ރާއްޖެ އޮންނަ ސަރަހައްދުގެ ފައިދާ އޭގެ އެންމެ އެދެވޭ ގޮތުގައި ނުނެގޭ ކަމުގެ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެއް ކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ހއ. އަތޮޅާއި ގއ. އަދި ލ. އަތޮޅު ހިމެނޭ ސަރަހައްދުތަކުން ވަރަށް ގިނަ ބޮޑެތި ބޯޓުފަހަރުތައް ދަތުރު ކުރާ ކަމަށެވެ.
ސައީދު ވިދާޅުވީ ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އުތުރުގައި ބަންކަރިންގެ ހިދުމަށް ދިނުމަށް ބަޔަކާއި ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ހަވާލު ކުރެވިފައިވާ ކުންފުންޏަކީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރަމުން އަންނަ އެއް ކުންފުނި ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ވަރަށް ރަނގަޅު
ނަސީމު