އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ދީދީ (ޑީޑީ) އަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.
އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ވެސް ހުށަހަޅާފައެވެ. އަދި އެ މައްސަލަ މިހާރުވެސް ޕީޖީގައި އެބައޮތެވެ. އެކަމަކު ދައުވާ ކުރުމާއި މެދު އަދި އެ އޮފީހުން ގޮތެއް ނިންމާފައެއް ނުވެއެވެ.
ޑީޑީ މަގާމުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މައްސަލަ ބެލުމަށްފަހުއެވެ. ލައިވްކޮށް ކުރިޔަށް ގެންދިޔަ އެ މައްސަލާގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތަކުން ކޯޓުތަކުން ނެރޭ ހުކުމްތައް ވަކި ގޮތަކަށް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު އެފައިސާ ޑީޑީ އަށް ލިބުނު ކަަށް ތުހުމަތު ކޮށްފައިވެއެވެ.
އެ މައްސަލަ ބަލާ ޖޭއެސްސީން ނިންމީ ޑީޑީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރުމަށެވެ. އެއާއެކު 19ވަނަ މަޖިލީހުގެ 72 މެންބަރުންގެ ވޯޓުން ޑީޑީ މަގާމުން ވަކިކުރިއެވެ. އޭނާ އަކީ މަޖިލީހުން ވަކިކުރި ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ