މިހާރު މި ހިނގާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުންގެ ތެރެއިން 10 ޕަސެންޓު މެންބަރުންނަށް ވެސް ރައްޔިތުން އިތުބާރު ނުކުރާ ކަމަށާއި އެހެންކަމުން މި ހިނގާ މަޖިލިސް ތެރެއިން ކަންކަން ނިންމުން މަޑު ޖައްސާލަން ޖެހޭ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިހާރު މި ހިނގާ މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނުގައި މަޖިލިސް ކުރިޔަށް ގެންދަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް މި މަޖިލީހުން ކަންކަން ނިންމުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުން ފަހަތަށް ޖައްސާލަން އެބަ ޖެހޭ. މި މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ނުދެކެން،" 20ވަނަ މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާ އަށް ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އާޒިމް ވިދާޅުވިއެވެ.
ނަމަވެސް އާޒިމްގެ ވާހަކައާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިސް ތެރެއިން ކަންކަން ނިންމުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ސްލަމް ވިދާޅުވީ މިހާރު ހިނގާ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15ވަނަ ދުވަހަށް ނިމޭނެ ކަމަށެވެ. އެހެންކަމުން 19ވަނަ މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ އަންނަ މަހުގެ 13ވަނަ ދުވަހު ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިހާރު އިންތިހާބުވެވަޑައިގެންފައިވާ 20ވަނަ މަޖިލީހުގެ އިންތިހާބީ މެންބަރުން ހުވާ ކުރުން ވެސް އަންނަ މަސް ތެރޭގައި އޮންނާނެ ކަމަށެވެ. އެގޮތުން އައު މަޖިލިސް ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28ވަނަ ދުވަހު ކަމަށް އަސްލަމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އާޒިމުގެ ވާހަކަރަށް ތާއީދު ކުރަން ރައްޔިތުންގެ ތާއީދު ނެތް މެމްބަރުން ތަކެއް ތިބެގެން ނިއްމާ ނިއްމުން ބަލައެއް ނުގަންނާނެ
މހނ