މިއަދު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރުން ގިނަ ދާއިރާތައް ކާމިޔާބުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފިއެވެ.
މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ސަރުކާރުން ވަނީ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 70 ދާއިރާ ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އަކީ ދެބައިކުޅަ އެއްބައެވެ. ސަރުކާރުން ވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ އަދި ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން ތިނަދޫ ސިޓީގެ ވެސް މެޖޯރިޓީ ހޯދައިފައެވެ.
މި އިންތިހާބުގައި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ އެމްއެންޕީ އަދި އެމްޑީއޭ އިން ވެސް ބައެއް ގޮނޑިތައް ހޯދާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކާމިޔާބު ކުރެއްވި މާފަންނު އުތުރު ދާއިރާގެ ގޮނޑި އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ހޯދާފައިވާ މީދޫ ދާއިރާގެ ގޮނޑީގެ އިތުރުން އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާ އަށް ވާދަކުރެއްވި މުހައްމަދު އައްބާސް ކާމިޔާބު ކުރެއްވި ގޮނޑިއެވެ.
މީގެ ފަސް އަހަރު ކުރިން އެމްޑީޕީން ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގިއެވެ. އެޕާޓީން އޭރު ހޯދީ 65 ގޮނޑިއެވެ. ނަމަވެސް އެޕާޓީ އަށް މި އިންތިހާބުގައި މާބޮޑު ކާމިޔާބެއް ނުލިބުނެވެ. މި އިންތިހާބުގައި އެމްޑީޕީ އަށް މިހާތަނަށް ލިބިފައިވާ ކަމަށް ނަތީޖާތަކުން ދައްކަނީ 15 ގޮނޑިއެވެ.
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާ އަބްދުލްމުއިއްޒު ހަސަން ނިޔާވެއްޖެ
ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒުވެއްޖެނަމަ ގެއްލުންވާނެ
އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
ހުޅުމާލޭގައި ހުރި އާޒިމްގެ ކެމްޕެއިން ޕޯސްޓަރުތައް ނައްޓާލައިފި
ޒިކުރާ މިސްކިތުގެ ބިންގާ އަޅައިފި، ރޯދައަށްފަހު މަސައްކަތް ފަށާނެ
ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ މާރުކޭޓެއް އަޅަން ހަވާލުކޮށްފި