މިއަދު ކުރިޔަށްދާ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.
މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މެންދުރުފަހު 16:00އާ ހަމައަށް 181،406 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް އިން ބުނެއެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 63.73 ޕަސެންޓު މީހުންނެވެ.
އެ ކޮމިޝަނުން ބުނީ ވޯޓުލާން މިހާތަނަށް 103،257 ވޯޓުލާން އަދި ނުނިކުންނަ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނީ މިއަދުގެ ހަވީރު 17:30އާ ހަމައަށެވެ. އިލެކްޝަންސް އިން ވަނީ އެ ވަގުތު ހަމަވުމުން އިތުރު އެންމެ މިނެޓެއް ވެސް ވޯޓުލާން ނުދޭނެ ކަމަށް ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި