ކުރީގެ ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދެންމެ ބާތިލްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ހުށަހަޅާފައިވެ އެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ގާނޫނުލް އުގޫބާތުގެ ދަށުން ރިޝްވަތަކަށް ވާނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ދިނުން ކަމަށް ވާއިރު، ރަށްތައް ދޫކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްކަން ދަށު ކޯޓުން ބަޔާން ކޮށްދީފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ދިފާއި ހެކިތައް ނަފީކުރަން އާ ހެކިތައް ހުށަހެޅުމުން އެ ހެކިތައް ބަލައިގަތީ ގާނޫނުގައި ނެތް އިޖްރައާތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެ ހެކިތައް ބަލައިގަންނަންޖެހޭ ހަގީގީ ސަބަބެއް އޮތްކަން ބުނެދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ހުކުމުގައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމަކީ ޔާމީންގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއް ކަން ބުނެދެވިފައިނުވާ ކަމަށެވެ. އަދި އަދަބު ކަނޑައެޅުމުގެ ކުރިން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން އެކަށީގެންވާ ފުރުސަތު ދަށު ކޯޓުން ދީފައިނުވާ ކަމަށެވެ. އަދި ޖަލު ނޫން އަދަބެއް ކަނޑައަޅަން އެދުމުން އެކަމަށް ދެކޮޅު ހެދީ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ދަށު ކޯޓުން ނުބެލި ހުރި ކަންތައްތަކެއް ހުރުމުން އެ މައްސަލަ އަލުން ބަލަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								