މި ސަރުކާރު ފެށުނުއިރު ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަން ކުރެއްވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، މަގާމުން ރިޓަޔާ ކުރެއްވުމުން އައު ޗީފް އޮފް ޑިފެންސްގެ މަގާމަށް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވައި، އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ކުރީގެ ޗީފް އޮފް ޑިފެންސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް މަގާމުން ރިޓަޔާ ކުރެއްވީ ސިފައިންގެ ހިދުމަތުގައި 39 އަހަރު އުޅުއްވުމަށްފަހުއެވެ.
ރައީސް މުއިއްޒު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް އައްޔަން ކުރައްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ