ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން 12 މިލިއަން ޑޮލަރު (191 މިލިއަން ރުފިޔާ) ދިންއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ބޭނުންކުރީ އެފްއޭއެމްގެ ރައީސް ރައީސް ބައްސާމް ޢަދީލް ޖަލީލްގެ އަމިއްލަ ބޭނުމަށް ކަމަށް ޕްރޮސެކިއުޓަރ ޖެެނެރަލް އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުގެ ނިއުސްލެޓަރ އުންސުރުގެ 6 ވަނަ އަދަދުގައި މިއަދު ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ފީފާއިން 12 މިލިއަން ޑޮލަރު އެފްއޭއެމްއަށް ދިނުމުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޑޮލަރު މާރު ކުރުމުގެ ނަމުގައި ޖަމާކުރީ ބައްސާމްގެ އެކައުންޓަށެވެ. ނަމަވެސް އެއަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައި ނެތް ކަމަށް އެ ލިޔުމުގައިވެ އެވެ.
އެ ލިޔުމުގައިވާ ގޮތުން އޭގެ ތެރެއިން ގިނަ ފައިސާ ބޭނުންކުރީ ބައްސާމްގެ އަމިއްލަ ކަންކަމަށެވެ. އެގޮތުން ބައްސާމްގެ މުދާތަކާއި ވިޔަފާރިތަކާއި އާއިލީ ދަތުރުތައް ވެސް އެ ފައިސާ ބޭނުން ކޮށްގެން ކޮށްފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.
މީގެ އިތުރުން، ބައްސާމް ޢަދީލް ޖަލީލަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް އޮތް މީހެއް ކަމަށާއި އެ މައްސަލަވެސް އޮތީ އޭސީސީ ތަޙުޤީޤު މަރުޙަލާގައި ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނީ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު އަދިވެސް ނުނިމޭ ކަމަށާއި، ތަޙުޤީޤު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ. މި މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
ތަހްގީގެއް ނުނިމޭނެ އޭ ސީ ސީގެ މެންބަރުންނަކި އެތަނަށް ވަނުމަށް ފަހު ފައިސާ ޗާޕްކުރާ ބަޔަކަށް ވުރެ ތިޔާގި ބައެއް ، ތިޔަކަންވެސް ދާނީ ބަލަނީ ބަލަނީއަށް ވާނެކަމެއް ނޯނާނެ. އޭސީސީއަށް ފްލެޓް މަޅާ ލެވުނު.
ހުސެއިން